ކޮޅުމަޑުލު ތިމަރަފުށީ އިރުމަތީފަރާތުން ކުދިވިޔަފާރިއަށް ކަނޑައެޅިފައިވާ ޞަރަހައްދުގައިހުރި 30.5 ނަންބަރު ބްލޮކްގައިވާ ބިމާއި އެބިމުގައިވާ އިމާރާތް ކުއްޔަށް ދިނުން
އިއުލާން
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ، ތިމަރަފުށީ
އިރުމަތީފަރާތުގައި ވިޔަފާރި ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު 30.5
ނަންބަރު ބްލޮކްގައިވާ (ކުރީގެ ފާއިޒާ ރެސްޓޮރާންޓް ހުރި) ބިމާއި
ބިމުގައިވާ އިމާރާތް 10 އަހަރުދުވަހުގެ މުއްދަތަށް
ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ބިމާއި
ބިމުގައިވާ އިމާރާތް އެކީގައި ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން އެކަމަށް
އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.
އިތުރު މަޢުލޫމާތު
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780675 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް info@thimarafushi.gov.mv އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
14 ޖަނަވަރީ 2025