ކޮޅުމަޑުލު ތިމަރަފުށީ ބަނދަރު އުތުރު ސަރަހައްދުން ވިޔަފާރިކުރުމަށް ދޫކޮށްފައިވާ ތިން ބިމާއި އެބިންތަކުގައިވާ އިމާރާތްތައް ކުއްޔަށް ދިނުން
އިއުލާން

ތ.ތިމަރަފުށި ބަނދަރު އުތުރު ސަރަހައްދުން، ވިޔަފާރި ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ 30.6 ނަންބަރު ބްލޮކުގައިވާ  2،1 އަދި 3 ނަންބަރު ޖަހާފައިވާ ޢިމާރާތްތައް 10 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ބިމާއި ބިމުގައިވާ އިމާރާތް އެކީގައި ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780675 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް info@thimarafushi.gov.mv  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 ޖަނަވަރީ 2025

އިޢުލާން
ބިޑް ރަޖިސްޓްރޭޝަން ފޯމް
ބިމުގެ ކުރެހުމާއި ޗާޓް